އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާނަމަވެސް 10 ދުވަހު ކަރަންޓީން ވާންޖެހޭގޮތަށް ހަދައިފި

އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާނަމަވެސް 10 ދުވަހު ކަރަންޓީން ވާންޖެހޭގޮތަށް ހަދައިފި

Author
މުޙައްމަދު ޖިމީ
23 ޖެނުއަރީ 2021 11:00
0

އެއް ރިސޯޓުން އަނެއް ރިސޯޓަށްދާ މުވައްޒަފުންވެސް 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަންޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އައު އަހަރާއެކު ރާއްޖޭގެ ރިސޯޓުތަކުން ފެންނަ ކޯވިޑް-19ގެ ކޭސްތައް އިތުރުވެފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން ކުރިން ކަނޑައަޅާފައިވަނީ އެއް މެނޭޖްމަންޓެއްގެ ދަށުގައި ހިންގާ އެއް ރިސޯޓުން އަނެއް ރިސޯޓަށްދާނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ނުޖެހޭގޮތަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓޤރީން ބުނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށެވެ.

ޓޫރިޒަމް މިނިސްޓޤރީން ގެނައި ބަދަލުގައި ވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ރިސޯޓްތަކާއި ތަފާތު މެނޭޖްމަންޓްތަކުގައި ހިންގާ ރިސޯޓްތަކުން ވިޔަސް، އެއް ރިސޯޓުން އަނެއް ރިސޯޓަށް މުވައްޒަފުންދާނަމަ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭނެކަމަށެވެ. އަދި މަސައްކަތަށް އެ މުވައްޒަފަކު ނުކުންނަންވާނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް، ނެގެޓިވް ޕީސީއާރު ނަތީޖާއެއް ލިބުމުންކަމަށްވެސް އައު އުސޫލުގައި ބުނެފައިވެއެވެ.

މިއީ ރިސޯޓްތަކުން ފެންނަ ކޯވިޑް-19ގެ ކޭސްތައް އިތުރުވެފައިވާތީ ގެނައި ބަދަލެއްކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށްބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރިސޯޓްތަކުން އެކަނިވެސް 17 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ގޮތުގައި 342 މީހަކު ރިސޯޓްތަކުގައި އެބަތިއްބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.