މިއަހަރުގެ ޙައްޖުގެ އަޅުކަމަށްފަހު ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

މިއަހަރުގެ ޙައްޖުގެ އަޅުކަމަށްފަހު ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

Author
އަހުމަދު
05 ޖޫން 2026 10:14
0

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ. މިރޭ ރާއްޖެ އައި ފުރަތަމަ ފްލައިޓުގައި ޖުމްލަ 241 ޙައްޖުވެރިއަކު ވަނީ ދަތުރުކޮށްފައެވެ.

ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ މީހުން މައްކާއަށް ފުރަން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. މޯލްޑިވިއަން އަދި ސައުދިއާ އެއަރލައިން މެދުވެރިކޮށް ޖުމްލަ 4 ފްލައިޓެއްގައި ޙައްޖުވެރިން ފުރާފައިވާއިރު، އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީވެސް 4 ފްލައިޓެއްގައެވެ. ފުރަތަމަ ފްލައިޓް އައިސްފައިވާއިރު، ދެވަނަ ފްލައިޓް މިމަހުގެ 7 ވަނަ ދުވަހުގެ ހަވީރު 17:40 ގައި މޯލްޑިވިއަން އިން އަންނަން ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނަ ފްލައިޓް އަންނާނީ ސައުދިއާ އެއަރލައިންގައި މިމަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ.

ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ދަންވަރު 12:00 ހާއިރު މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ޙައްޖުގެ އަޅުކަމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް 1000 ކޯޓާ ލިބޭއިރު، މިއަހަރުވެސް މީހުން ފޮނުވާފައިވަނީ ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.