ޤައުމީ އެއަރލައިނުން 6،000 އަށްވުރެ ގިނަ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ޚިދުމަތްދީފި

ޤައުމީ އެއަރލައިނުން 6،000 އަށްވުރެ ގިނަ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ޚިދުމަތްދީފި

Author
އަހުމަދު
26 މެއި 2026 08:06
0

ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ޤައުމީ އެއަރލައިން، "މޯލްޑިވިއަން" މެދުވެރިކޮށް 6،000 އަށްވުރެ ގިނަ ދިވެހިން ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދަތުރުކޮށްފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރުގެ މޭ މަހުން ފެށިގެން މި އަހަރުގެ މޭ މަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ މުޤައްދަސް ބިމަށް ޖުމްލަ 26 ފްލައިޓެއް ކާމިޔާބުކަމާއެކު އޮޕަރޭޓްކޮށްފައެވެ. މި ދަތުރުތަކުގައި ޖުމްލަ 6،073 މީހުން އުފުލާފައިވާއިރު، އޭގެ ތެރޭގައި މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ 1،016 ޙައްޖުވެރިން އުފުލުމަށް ބޭއްވި ޚާއްޞަ 4 ފްލައިޓުވެސް ހިމެނެއެވެ.

ދިވެހި އަޅުވެރިންގެ މެދުގައި މޯލްޑިވިއަން އެންމެ މަޤުބޫލު އިޚްތިޔާރަކަށް ވެފައިވަނީ، އަމިއްލަ ޤައުމުގެ އެއަރލައިނަކަށް ވުމުން ލިބޭ ހިތްހަމަޖެހުމާއި ގާތްކަމުގެ ސަބަބުންނެވެ. އަދި ދަތުރުތައް ގަޑިއަށް ކުރުމާއި، ރައްކާތެރިކަމަށް ދޭ އަހައްމިއްޔަތުކަމުގެ އިތުރުން، މުވައްޒަފުންގެ ފަރާތުން ލިބޭ އޯގާތެރި ޚިދުމަތަކީވެސް ދަތުރުވެރިންގެ ބޮޑު އިތުބާރެއް އެ ކުންފުންޏަށް ލިބިފައިވާ މުހިންމު ސަބަބެކެވެ. މީގެ އިތުރުން، ބޮޑެތި ގްރޫޕްތަކަށް ފަސޭހަވާނެހެން އެއްވެސް ޓްރާންސިޓަކާ ނުލައި ސީދާ ދަތުރުތައް ހަމަޖައްސައިދިނުމަކީ ޙައްޖުވެރިންނަށާއި ޢުމްރާވެރިންނަށް މޯލްޑިވިއަންގެ ފަރާތުން ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.