ހައްޖުގެ އަޅުކަން ނިޔަތުގެ ނުބައިކަމާއި ސިޔާސީ ކަންކަމުން ދުރުހެލި ކުރުވުމަށް ޙުތުބާގައި ގޮވާލައްވައިފި

ހައްޖުގެ އަޅުކަން ނިޔަތުގެ ނުބައިކަމާއި ސިޔާސީ ކަންކަމުން ދުރުހެލި ކުރުވުމަށް ޙުތުބާގައި ގޮވާލައްވައިފި

Author
އަހުމަދު
26 މެއި 2026 04:11
0

ނިޔަތުގެ ނުބައިކަމާއި ސިޔާސީ ގޮވާލުންތަކާއި ޖާހިލިއްޔަ ކަންކަމުން ހައްޖުގެ މަތިވެރި އަޅުކަން ދުރުކޮށް، އެ އަޅުކަން ހަމައެކަނި މާތްﷲއަށް ހާލިސްކުރަން މި އަހަރުގެ ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.

މި އަހަރުގެ ހައްޖު ހުތުބާ ދެއްވީ މަސްޖިދުއްނަބަވީގެ އިމާމު ޑރ. އަލީ ބިން އަބްދުއްރަހުމާން އަލް-ހުޒައިފީ އެވެ. ހުތުބާ ފެއްޓެވީ ގިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާންކޮށްދެއްވަމުންނެވެ. އެ ދުވަހު ހިނގާ ބިންހެލުމުގެ ސަބަބުން ބިރުން، މީސްތަކުން މަސްތުވެގެންވާ ބަޔަކު ފަދައިން ކޮޅުކޮޅަށް ދުވާނެ ކަމަށާއި، ތައްޔާރީ ވުމެއްގެ ގޮތުން ފާފަތަކާ ދުރުވެ ހެޔޮ ކަންކަން ކުރަން ހުތުބާގައި ނަސޭހަތްތެރިވި އެވެ.

ހުތުބާގައި ހަދާންކޮށްދިނީ، މަސްޖިދުލްހަރަމަކީ ނުހަނު ހުތުުރުމަތްތެރި ތަނެއް ކަމާއި، ނުބައި ނިޔަތެއްގައި ގޮސްފި ނަމަ، ﷲ ތަބާ ދެއްވާނެ ކަމެވެ. ގެފުޅާ ވަށައިގެންވާ ހުރިހާ ތަންތަން، ﷲ ފިޔަވައި އަޅުކަންކުރުމާ ތޯހިރު ކޮށް، ހައްޖު ސިޔާސީ ހަތިޔާރަކަށް ހެދުމާ ދެކޮޅަށް ހުތުބާގައި ވަރުގަދަ ގޮތެއްގައި ވާހަކަ ދެއްކެވި އެވެ.

ހައްޖަށް ދުނިޔޭގެ ހުރިހާ ހިސާބަކުން ހައްޖުވެރިން ޖަމާވެފައިވާ ކަން ހަނދާންކޮށްދެމުން، ކޮންމެ ހައްޖުވެރިއެއްގެ ވެސް އަހުލާގާއި އަމަލުތައް ރަނގަޅަށް ބެހެއްޓުމަށާއި ބައިނަލްއަގްވާމީ ރޫހެއްގައި އެކަކު އަނެކަކަށް އިހުސާންތެރިވުމަށް ވެސް ހުތުބާގައި ގޮވާލި އެވެ.

ހުތުބާ ނިންމާލީ ދުއާ އަކުންނެވެ. ހުރިހާ ހައްޖުވެރިންގެ ހައްޖު ގަބޫލުކޮށް ދުއާތަކަށް އިޖާބަ ދެއްވުމަށާއި، މުސްލިމް އުންމަތް ސުލްހަވެރިކަމާ އެކު ހައްގުގެ މައްޗަށް ޖަމާ ކޮށްދެއްވުމަށް ދުއާ ކުރެއްވި އެވެ. ހުތުބާ ދެއްވި ޑރ. ހުޒައިފީ ދެން ބޭއްވި ޖަމާ ގަސުރު ނަމާދަށް ފަހު، ހައްޖުވެރިން ތިބީ އިރުއޮއްސެންދެން ދުއާ ކުރަމުން ޒިކުރު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.