ޙައްޖު ދުވަހުގެ ހޫނުމިން: ޢަރަފާތުގައި 45 ޑިގްރީއަށް އަރާނެކަމަށް ލަފާކޮށްފި

ޙައްޖު ދުވަހުގެ ހޫނުމިން: ޢަރަފާތުގައި 45 ޑިގްރީއަށް އަރާނެކަމަށް ލަފާކޮށްފި

Author
އަހުމަދު
26 މެއި 2026 08:37
0

މިއަހަރުގެ ޙައްޖު މޫސުމުގައި ސަޢުދީ ޢަރަބިއްޔާގެ މާތް ބިންތަކުގެ ހޫނުމިން ވަރަށް ބޮޑަށް އުފުލިފައިވާއިރު، ތަރުވިޔާ ދުވަހު މިނާގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާކަމަށް އެ ޤައުމުގެ މޫސުމާބެހޭ ޤައުމީ އިދާރާ (އެންސީއެމް) އިން ހާމަކޮށްފިއެވެ.

އެންސީއެމް އިން މަޢުލޫމާތު ދޭގޮތުގައި މި ސީޒަނުގައި އެންމެ ހޫނުގަދަވާނެ ކަމަށް ރެކޯޑުކުރެވިފައިވަނީ ޢަރަފާތުގެ ބިމުގައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އެ ސަރަޙައްދުގެ ހޫނުމިން 48 ޑިގްރީއަށް އެރިއިރު، ޢަރަފާތު ދުވަހުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައިވެސް ހޫނުމިން 45 ޑިގްރީގައި ހުންނާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން މިނާގެ ވައިގެ ދުވެލި ގަޑިއަކު 26 ކިލޯމީޓަރުގައި ހުރިއިރު، ވައިގެ ތެތްކަން ހުރީ 36 އިންސައްތައިގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީގައި މިވަގުތު ތިބިއިރު، އެންސީއެމްގެ ތަރުޖަމާނު ޙުސައިން އަލް-ޤަޙްޠާނީ ވިދާޅުވީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި 24 ގަޑިއިރު މޫސުން އަންނަނީ މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ ނުރައްކާތަކުންނާއި ވަރުބަލިވުމުން ސަލާމަތްވުމަށްޓަކައި، މެންދުރު ވަގުތު ސީދާ އަވީގައި ނޫޅުމަށާއި، ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުމުގެ އިތުރުން ކުޑަ ފަދަ ތަކެތި ބޭނުންކޮށްގެން އަވިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ޙައްޖުވެރިންނަށް އިރުޝާދުދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.