ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް، އެކަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް، އެކަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

Author
އަހުމަދު
26 މެއި 2026 08:24
0

މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ހިނގައްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވި ގޮތުގައި، އެއް ހައްޖުވެރިއަކަށް ސިއްހީ މައްސަލައަކާ ގުޅިގެން މިނާގެ ހޮސްޕިޓަލުގައި މިވަގުތު ދަނީ ފަރުވާދެމުންނެވެ. ނަމަވެސް، މިއަދު ދުވާލުގެ ވަގުތެއްގައި އެ ހާޖީ ވެސް އަރަފާތަށް ގެންދިއުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަންގެ އެހީތެރިންނާއެކު ދަނީ ކުރަމުންނެވެ. ޝަކީލް ވިދާޅުވި ގޮތުގައި ބާކީ ތިބި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅެވެ.

ދިވެހި ހައްޖުވެރިންނަށް އަރަފާތު ބިމަށް ވަދެވިފައިވަނީ ރޭ ދަންވަރު 3:00 ހާއިރުއެވެ. މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖަށް ގޮސްފައިވާއިރު، އެންމެންވެސް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. ހައްޖުވެރިން މިއަދު އިރުއޮއްސެންދެން އަރަފާތުގައި މަޑުކުރުމަށްފަހު، ދެން މިސްރާބު ޖަހާނީ މުޒްދަލިފާއަށް ދިއުމަށެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ޖަމްރާއަށް ހިލައުކުމާއި، ހަދްޔު ކަތިލުމާއި، ޠަވާފުލްއިފާޟާކުރުމާއި ސައުޔުކުރުން ފަދަ ހައްޖުގެ މުހިންމު އަޅުކަންތައްތައް ކުރިއަށް ގެންދާނެއެވެ. އަދި އެންމެ ފަހު ކަމެއްގެ ގޮތުން ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން ފުރިހަމަކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.