މިއަހަރުގެ ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ސައުދީއަށް ފުރައިފި

މިއަހަރުގެ ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ސައުދީއަށް ފުރައިފި

Author
އަހުމަދު
17 މެއި 2026 10:19
0

މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ މީހުންގެ ތެރެއިން ދެވަނަ ގުރޫޕު މިއަދު ފުރައިފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ހެނދުނު 8:04 ގައި ސައުދީ ޢަރަބިއްޔާއަށް ފުރި މި ގުރޫޕުގައި ޖުމްލަ 260 ޙައްޖުވެރިން ހިމެނެއެވެ.

މީގެ ކުރިން ފުރި 238 ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިހާރު މައްކާއަށް ގޮސް ފުރަތަމަ އުމްރާގެ އަޅުކަން ވަނީ ފުރިހަމަކޮށްފައެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.