1447 ވަނަ އަހަރުގެ ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރަނީ

1447 ވަނަ އަހަރުގެ ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރަނީ

Author
އަހުމަދު
15 މެއި 2026 10:55
0

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދާ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ސަޢުދީ އަރަބިއްޔާއަށް ފުރަން ހަމަޖެހިއްޖެއެވެ.

މިއަދު މެންދުރުފަހު 15:25 ގައި ފުރަން ހަމަޖެހިފައިވާ ސަޢުދީ އެއާލައިންސްގެ ފްލައިޓުން ޖުމްލަ 235 ޙައްޖުވެރިން ދަތުރުކުރާނެއެވެ. ޙައްޖުވެރިންނާއި އެމީހުންގެ އާއިލާތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ވަނީ ޚާއްޞަ ބަހުގެ ޚިދުމަތްތަކެއް އެއާޕޯޓަށް ދިއުމަށް ހަމަޖައްސާފައެވެ.

ފްލައިޓް ފުރުމުގެ ފަސް ގަޑިއިރު ކުރިން، އެބަހީ ހެނދުނު 10:30 ގައި މާލެ ސަރަހައްދުގެ ހަ ރޫޓަކުން ބަސް ދަތުރުތައް ފަށާނެއެވެ. ޙައްޖުވެރިންނަށް އެމީހަކާ އެންމެ ކައިރި އަދި އެންމެ ފަސޭހަ ބަސް ހުއްޓިއަކުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، އެ ސަރަހައްދުތަކުގައި ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވުޒާރާގެ މުވައްޒަފުންނާއި، ސްކައުޓުންނާއި، ގާލްގައިޑުންގެ އިތުރުން ކެޑޭޓުން ހަރަކާތްތެރިވަމުން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.