ނުފޫޒެއް ނެތި އަމިއްލަ އިހުތިޔާރުގައި ވޯޓުލުމަށް އެޗްއާރްސީއެމުން ގޮވާލައިފި

ނުފޫޒެއް ނެތި އަމިއްލަ އިހުތިޔާރުގައި ވޯޓުލުމަށް އެޗްއާރްސީއެމުން ގޮވާލައިފި

Author
ހުސައިން
03 އޭޕްރިލް 2026 11:55
0

މާދަމާ ބާއްވާ އިންތިހާބުތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، އަމިއްލަ އިހުތިޔާރުގައި ވޯޓުލުމުގެ ހައްގު އަދާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ރައްޔިތުންނަށް ގޮވާލައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންތިހާބުތަކުގައި ވޯޓުލުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ވަރަށް މުހިންމު އަސާސީ ހައްގެކެވެ. އެހެންކަމުން، ގައުމުގެ ކަންކަން ރާވައި ހިންގުމާއި މުސްތަގުބަލު ބިނާކުރުމުގައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ހައްގުގެ ބޭނުން ހިފުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން، އެމީހަކު ވޯޓުލާން ބޭނުންވާ ކެންޑިޑޭޓަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، އެހެން މީހުންގެ ވޯޓުލުމުގެ ހައްގަށް ފުރިހަމައަށް އިހުތިރާމް ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ. އަދި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ހައްގުތަކަށް ހުރަސްއެޅޭނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.

މާދަމާ ކުރިއަށްދާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ދެ އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓެވެ. މި އިންތިހާބުތަކުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.