ބަލިވުމަކުން މާޔޫސްނުވަން: އިންމަ

ބަލިވުމަކުން މާޔޫސްނުވަން: އިންމަ

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 11:17
0

ލީގުގައި ފުރަތަމަ ފަހަރަށް ބަލިވި ބަލިވުމާ ބެހޭގޮތުން ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މީގެ ސަބަބުން އޭނާގެ ޓީމު މާޔޫސްނުވާނެ ކަމަށާއި ފެނިގެން ދިޔައީ ފަހު ވަގުތާ ހަމަޔަށް މަސައްކަތްކުރިތަން ކަމަށެވެ.

އިންމަ ބުނީ ފުޓްބޯޅަ އަކީ ބައްޔާއި މޮޅު ހިމެނޭ ކުޅިވަރެއް ކަމަށާއި، މި މެޗުން ބަލިވި ކަމުގައިވިޔަސް ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުން ނަތީޖާ ރަނގަޅު ކުރެވޭނެ ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ. ގްރީން އިން މެޗު ލަސްކުރި ކުރުމާ ބެހޭގޮތުން ސުވާލުކުރުމުން އިންމަ ބުނީ މެޗުގެ އޮއިވަރު ދާ ގޮތުން ކޮންމެ ޓީމަކުން ވެސް މެޗު ލަސްކޮށްފާނެ ކަމަށާއި އޭނާގެ ޓީމުން ވެސް އެފަދަ ހާލަތެއްގައި އެކަންނުކުރާނެޔެކޭ ބުނާކަށް ނުކުރޭނެ ކަމަށެވެ.

ޑިލޭ ކޮށްފިއްޔާ ރެފްރީ އަށް އެނގެނީ އިތުރަށް ދޭނެ ވަގުތެއް.

– އިންމަ ބުނެފައިވެއެވެ.

މެޗުގައި ރެފްރީ އިތުރު ވަގުތައް ދިން ހަތަރު މިނެޓު އެއީ އެކަށީގެންވާ އަދަދެއްތޯ އެހުމުން އިންމަ އެކަމަށް ކޮމެންޓް ކުރަން އިންކާރުކުރި އެވެ. އެފްއޭއެމުން ކްލަބްތަކާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކޯޗުންނަށް ރެފްރީންނަށް ފާޑެއް ނުކިޔެ އެވެ.  ދަ ގްރާންޑޭ އޮތީ ތާވަލުގެ ތިންވަނައިގައި ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.