ލިބުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް: ނިސްތާރު

ލިބުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް: ނިސްތާރު

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 11:07
0

ދަ ގްރާންޑޭ 1-0 އިން ބަލިކޮށް ކްލަބް ގްރީންސްޓްރީޓްސް އިން މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދުނީ ބުރަ މަސައްކަތުން ކަމަށް ގްރީންގެ ކޯޗު އަލީ ނިސްތާރު ބުނެފިއެވެ.

ނިސްތާރު ބުނީ ބުރަ މަސައްކަތުން މި ލިބުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށާއި ފުރަތަމަ މޮޅާ އެކު ދެން ކުރިއަށްދާނީ މެޗަކަށް ފަހު މެޗަކަށް ވިސްނައިގެން ކަމަށެވެ. ނިސްތާރު ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި، އެކަން ކުރެވުނީ ކުޅުންތެރިންގެ ހިތްވަރުން ކަމަށެވެ. އަދި މެޗުގައި ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށްވެސް ނިސްތާރު ވަނީ ބުނެފައެވެ.

ދެން އޮތީ އީގަލްސް. އެ ޓީމު ވެސް އެއައީ ފުރަތަމަ މޮޅު ހޯދައިގެން. ލީގަކު ނެތް ފަސޭހަ ޓީމެއް.

– ނިސްތާރު ބުނެފައިވެއެވެ.

ލީގުގައި ފުރަތަމަ ފަހަރަށް ގްރީން ސްޓްރީޓްސްއިން މޮޅެއް ހޯދިއިރު، މި މޮޅާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.