ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުން ކުލަބު ވެލެންސިއާ މޮޅުވިޔަނުދީ ހިފަހައްޓައިފުމުން ޓީސީން ދެކެނީ ކާމިޔާބެއް ގޮތުގައި އެ ޓީމުގެ ކޯޗު މުހަންމަދު ޝާޒްލީ ބުނެފިއެވެ.
ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ އޭނާގެ ޕްލޭން މި މެޗުގައި މަސައްކަތްކުރި ކަމަށާއި މީގެ ހުރިހާ ކްރެޑިޓެއް ހައްގުވާ ބަޔަކީ ކުޅުންތެރިން ކަމަށެވެ. އަދި ވެލެންސިއާ އަކީ ލީގުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި މި ނަތީޖާ ޓީސީން ދެކެނީ ކާމިޔާބެއް ގޮތުގައި ކަމަށް ޝާޒް ބުންޏެވެ. ޝާޒްލީ ބުނީ މި މެޗުން ޕޮއިންޓެއް ލިބުން އެއީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، ވެލެންސިއާ އަކީ މި ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އަދި އެ ޓީމު އަތުން ޕޮއިންޓެއް ލިބުނީ ކުޅުންތެރިންގެ ހިތްވަރުން ކަމަށްވެސް ޝާޒްލީ ބުނެފައިވެއެވެ.
އަސްލު ޓާގެޓަކީ ވެލެންސިއާ ހިފަހައްޓާފައި އެއް ޕޮއިންޓު ނެގުން ކަމަށް ވިޔަސް ހުރިހާ ކުޅުންތެރިންނަށް އެނގޭ ފުރުސަތު އެބައޮތްކަން ތިން ޕޮއިންޓްގައި ވެސް. ވެލެންސިއާ ފްރަސްޓްރޭޓްވާނެ ގޯލެއް ނުޖެހޭ ކަމަށްވަންޏާ. ގޯލެއް ވަނަސް ޓީސީން މަސައްކަތްކުރީ މެޗުގެ ތެރޭގައި އޮންނަން.
– ޝާޒް ބުނެފައިވެއެވެ.
ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައި ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ