ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބުން ކްލަބް ވެލެންސިއާއާ 1-1 އިން އެއްވަަރު ކުރި މެޗުގައި ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ގޯލެއް ޖެހުމާ ހަމައަށް އެ ޓީމުގެ ކުޅުން ރަނގަޅުކަމަށާއި އެކަމަކު ފަހުން ފެނުނީ އެންމެ ބޭނުންވި ކުޅުން ނޫން ކަމަށެވެ.
އާތީ ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި، އެކަމަކު ޕޮއިންޓަކުންވެސް ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުގައި ވެލެންސިއާ ކުޅުންތެރިން ކުޅުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށްވެސް އާތީ ވަނީ ބުނެފައެވެ.
ކުޅުންތެރިން ބޮލުގައި ނޫނީ ރެފްރީ ބޮލުގައި އިލްޒާމު އަޅުވަންވީއެއް ނޫން. މަސައްކަތްކުރަން ޖެހޭނީ ޑިސިޕްލިން ހިފަހައްޓައިގެން ރިޒަލްޓް ހިފަހައްޓަން. ތަފާތު ސްޓައިލެއް މި ފެނުނީ ތައްޔާރުވި ގޮތަށް ވުރެ ތަފާތު ގޮތަކަށް ޓީސީ މި ކުޅުނީ ހަގީގަތުގައި.
– އާތީ ބުނެފައިވެއެވެ.
މެޗު އެއްވަރުވުމުން ފަސް މެޗުން ވެލެންސިޔާ އަށް ލިބުނީ 11 ޕޮއިންޓް އެވެ.
ކޮމެންޓު ފޮނުވާ