މާލެ ހިޔާގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު އުމުރުން ދުވަސްވީ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެނީ

މާލެ ހިޔާގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު އުމުރުން ދުވަސްވީ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެނީ

Author
ޙަސަން މުޙައްމަދު
05 ފެބްރުއަރީ 2026 09:15
0

މާލެ ހިޔާ ފްލެޓްގެ ފަސް ވަނަ ފަންގިފިލާއިން ވެއްޓުނު އުމުރުން ދުވަސްވީ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މާލެ ހިޔާ 1 ގެ ފަސް ވަނަ ފަންގިފިލާއިން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:50 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ވަގުތު އެ މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި، މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.