އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި މެންޗަސްޓަރ ޔުނައިޓެޑް މޮޅުވެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަހޯދައިފިއެވެ.
ޔުނައިޓެޑު މޮޅުވީ އަމިއްލަ ދަނޑުގައި ކުޅެ ވޮޓްފޯޑް އަތުން 1-0 ލަނޑުންނެވެ. ޔުނައިޓެޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައެވެ. މިލަނޑު އެލެކްސް ޓެލަސްގެ އެހީތެރި ކަމާއިއެކު ކާމިޔާބު ކޮށްދިނީ ސްކޮޓް ޓޮމިނޭއެވެ.
މިއީ މި ސީޒަނުގައި އޭނާ ކުޅުނު 22 މެޗު ޔުނައިޓެޑަށް ޖަހައިދިން ހަތަރުވަނަ ލަނޑެވެ. އެންމެފަހުން ޔުނައިޓެޑު މުބާރާތުގެ ތިންވަނަބުރުން ފެއިލްވި 2014 ވަނަ އަހަރުއެވެ. މިއީ ވިދިވިދިން ވަޓްފޯޓް ޔުނައިޓެޑު އަތުން ބަލިވި 10 ވަނަ މެޗެވެ. ޔުނައިޓެޑުން ވަނީ މުބާރާތް 12 ފަހަރު ކާމިޔާބުކޮށްފައެވެ.
ކޮމެންޓު ފޮނުވާ