އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލަ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި އާސެނަލް އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރީ 2-0 އިންނެވެ. ނިއުކާސަލްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ 90 މިނިޓް ހަމަވިއިރު ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. އާސެނަލް މޮޅުވީ އިތުރު ވަގުތުގެ ދެ ހާފް ތެރޭގައި ޖެހި ގޯލުތަކާ އެކީގަ އެވެ. މެޗުގެ 90 މިނިޓް ހަމަވުމުގެ ކުރިން މޮޅުވާން އާސެނަލާއި ނިއުކާސަލް އަށް ވެސް ފުރުސަތުތަކެއް ލިބުނެވެ. ނިއުކާސަލް އިން އެންމެ ރަނގަޅު ހަމަލާތަކެއް ފޮނުވާލީ ފޯވާޑް އެންޑީ ކެރޯލް އެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި އާސެނަލުން ލީޑުނެގީ އެމީލް ސްމިތް ރޯވް ޖެހި މޮޅު ގޯލުންނެވެ. ނިއުކާސަލް އޭރިއާތެރެއިން އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. އާސެނަލަށް ޕްރެޝަރުން އަރައިގަނެވުނީ އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ގޯލުންނެވެ. އެފްއޭ ކަޕްގެ ތަށި 14 ފަހަރު އުފުލާލާފައިވާ އާސެނަލް މި މުބާރާތުގެ ތިން ވަނަ ބުރުން ކެޓީ މިދިޔަ 25 އަހަރު ތެރޭ އެންމެ ފަހަރަކު އެވެ.
ކޮމެންޓު ފޮނުވާ