ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ އިސްކޮށް ހުންނެވި މައިމޫނާ 35 އަހަރަށްފަހު ޚިދުމަތުން ވަކިވެވަޑައިގަންނަވަނީ

ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ އިސްކޮށް ހުންނެވި މައިމޫނާ 35 އަހަރަށްފަހު ޚިދުމަތުން ވަކިވެވަޑައިގަންނަވަނީ

Author
ޙަސަން މުޙައްމަދު
08 ޖެނުއަރީ 2026 02:37
0

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު، ސިއްހީ ދާއިރާގައި 35 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ. މައިމޫނާގެ ނަން ދިވެހިންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި، އެ ބަލިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ރައްޔިތުންގެ ސަލާމަތަށްޓަކައި އޭނާ ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުންނެވެ.

އެ ދުވަސްވަރު މާލޭގައި ކާފިއު ހިންގުމާއި ދަތުރުފަތުރު ކޮންޓްރޯލްކުރުން ފަދަ ފިޔަވަޅުތަކާ ގުޅިގެން އާންމުންގެ ނުރުހުމާއި ފާޑުކިޔުން އަދި މުޒާހަރާތައް އަމާޒުވި ނަމަވެސް، މައިމޫނާ އެންމެ ބޮޑު އިސްކަމެއް ދެއްވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤައުމީ ޒިންމާއަށެވެ.

މައިމޫނާގެ މި ދިގު މުއްދަތުގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި 2020 ވަނަ އަހަރުގެ 'އަހަރުގެ އަންހެނާ' ގެ އެވޯޑުވެސް މައިމޫނާ ވަނީ ހާސިލްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.