މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އޮރެންޖު އެލާޓް ނެރެފިއެވެ.
އެޗްޕީއޭއިން ވަނީ ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ދުވަސްވީ މީހުން ބޭރުގައި ހަރަކާތްތެރިވުން މަދުކޮށް، ބޭރަށް ނުކުންނައިރު އެން95 މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ގޭގެ ދޮރުތައް ލައްޕައި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވެސް ވަނީ ލަފާދީފައެވެ.
އައިކިއު އެއާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލޭގެ ޕީއެމް2.5 ލެވެލް މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 42 މައިކްރޯ ގްރާމްގައެވެ. މި ހާލަތު އަންނަ ހޯމަ ދުވަހާ ހަމައަށް އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ.
ކޮންމެ އަހަރެއްގެ ދެ މޫސުން ބެދޭ މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވަނީ ހިމާލަޔާ ސަރަހައްދުން އަންނަ ވައިގައި އެކުލެވޭ ހިރަފުހާއި ފެކްޓްރީތަކުގެ ދުމުގެ ސަބަބުންނެވެ.
ކޮމެންޓު ފޮނުވާ