މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި ގޭދޮށު މަސް ޕްލާންޓެއް ގާއިމުކުރީމަ ކަންނެލި މަހަށް ހަމަ އަގެއް ލިބޭނެ ކަމަށެވެ.
މިއަދު މާލެ ބަނދަރު ކުރިމަތީ ކަންނެލި މަސްވެރިން މުޒާހަރާކޮށްފައިވަނީ އެ މަސް މިފްކޯއިން ގަންނާނެ ކަމަށް ސަރުކާރުން ދެއްވި ވައުދު ފުއްދިފައި ނުވާތީ އެވެ.
ނަޝީދު އެކްސްގައި ލިއުއްވާފައިވާ ގޮތުގައި ޖަޕާނުގެ ސުޝީ ނިގިރީގެ 30 ގްރާމު ޕްރޮސެސްކޮށްފައި ލިބެނީ 3 ޑޮލަރަށެވެ. އެހެންކަމުން ކަންނެލި ކިލޯއެއް ޕްރޮސެސްކުރީމަ 3000 ޑޮލަރު ނުވަތަ 60،000 ރުފިޔާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިވަގުތު ކަންނެލި ކިލޯއެއްގެ އަގަކީ 50 ރުފިޔާ އެވެ.
ހޯނޑެއްދޫ މަސް ފެކްޓަރީގައި 50 ގްރާމް ހުންނަ ޓޫނާ ޖާކީގެ އަގަކީ 55 ރުފިޔާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރޯ މަސް ބޭރުކުރުން މަދުކޮށް ގޭދޮށު މަސްޕްލާންޓް ގާއިމުކުރަންވީ މިހެންވެ ކަމަށެވެ.
ކޮމެންޓު ފޮނުވާ