ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާ ޖީޕީ ކްލިނިކެއް ގާއިމުކުރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާ ޖީޕީ ކްލިނިކެއް ގާއިމުކުރަނީ

Author
އަހުމަދު
10 ޑިސެމްބަރ 2025 06:22
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާ ޖެނެރަލް ޕްރެކްޓިސް ކްލިނިކެއް ގާއިމުކުރުމަށް މިއަދު ހުޅުމާލޭ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އަމާން އުދަރެސް ޓަވަރު ހަޔެއްގައި ގާއިމުކުރާ މި އާބަން ޕްރައިމަރީ ހެލްތު ކެއާ ކްލިނިކުން ކުޑަކުދިންނަށް ވެކްސިން ދިނުމާއި ބަރުދަން ބެލުމާއި ކައުންސެލިންގެ ޚިދުމަތް ލިބޭނެއެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މި ކްލިނިކުގެ ސަބަބުން ރައްޔިތުންނަށް ހޮސްޕިޓަލަށް ވަޑައިގަތުމުގެ ބަދަލުގައި އަވަސް ހިދުމަތް ލިބި، އިތުރު ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވެއްޖެ ނަމަ އަވަހަށް އެޕޮއިންޓުމަންޓް ހަމަޖެހޭނެ ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލެ ސަރަހައްދުގައި ހަ ޖީޕީ ކްލިނިކް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހެންވޭރުގައި ވެސް ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ހިޔާ ޓަވަރު 16ގައި ޖީޕީ ކްލިނިކެއް 24 ގަޑިއިރަށް ޚިދުމަތް ދެމުން އަންނައިރު، ރަސްފަންނު ބީޗްގެ ކޮރަލް ބޮލެވާޑު ވެސް ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށް މިދިޔަ މަހު ހުޅުވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.