ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދޭން އެއްބާރުލުން ދޭނަން: ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދޭން އެއްބާރުލުން ދޭނަން: ނަޝީދު

Author
އަހުމަދު
09 ޑިސެމްބަރ 2025 03:18
0

އަންނަ އަހަރުގެ އޭޕްރިލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދޭން ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާއަށް މަރުހަބާ ފޮނުވާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕާޓީގެ ޔުނިޓީ އޮބަހައްޓަވައި ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބީއަށް ވާސިލްވާން ކުރަންޖެހޭ މަސައްކަތުގައި އެމަނިކުފާނުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު ރިޔާސީ އިންތިހާބުގައި ހިޔާލު ތަފާތުވެ ޕާޓިން ވަކިވެވަޑައިގެންނެވި ނަޝީދު އަލުން ޕާޓީއަށް ގުޅިވަޑައިގެންފައިވާއިރު، މިހާރު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި އިންތިހާބުގެ ފޯރި ގަދަވެފައިވެއެވެ. މާލޭ މޭޔަރު ޕްރައިމަރީގައި މިހާރުގެ މޭޔަރު އާދަމް އާޒިމް ސާލިހް ފަޅީގެ ތާއީދާއެކު ވާދަކުރައްވާއިރު، އަލީ އާޒިމް ވާދަކުރައްވަނީ ނަޝީދުގެ ތާއީދާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.