ހުޅުމާލޭގައި 1964 ވެހިކަލަށް ޕާކުކުރެވޭނެ ވަގުތީ ސަރަހައްދުތައް ކަނޑައަޅައިފި

ހުޅުމާލޭގައި 1964 ވެހިކަލަށް ޕާކުކުރެވޭނެ ވަގުތީ ސަރަހައްދުތައް ކަނޑައަޅައިފި

Author
އަހުމަދު
08 ޑިސެމްބަރ 2025 03:26
0

މާލެ ސަރަހައްދުގައި ދިމާވެފައިވާ ވެހިކަލް ޕާކިންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ހަތަރު ސަރަހައްދެއްގައި 1964 ވެހިކަލް ޕާކުކުރެވޭނެ ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައަޅައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމާއި، މަގުތަކުގައި ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުމެވެ. މި ވަގުތީ ޕާކިންގ ސަރަހައްދުތަކަކީ ހިޔާ ޓަވަރު-16 ސަރަހައްދުގައި 1233 ޖާގަ، ވިނަރެސް ސަރަހައްދުގައި 362 ޖާގަ، ގާޒީ ސްކޫލު ސަރަހައްދުގައި 254 ޖާގަ އަދި މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދުގައި 115 ޖާގައެވެ.

އެޗްޑީސީން ބުނީ މި އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، މަގު ބޭނުންކުރާ ހުރިހައި ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ރައްކާތެރިކަން ބޮޑުވާނެ ކަމަށެވެ. މީގެ އިތުރުން ވެހިކަލް ޕާކުކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޕާކިން ބިލްޑިންގތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.