އިތުރު ޑިފެންޑަރަކު ނުގެނެވޭނެ: ކުލޮޕް

އިތުރު ޑިފެންޑަރަކު ނުގެނެވޭނެ: ކުލޮޕް

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 09:22
0

ލިވަޕޫލްގެ ޑިފެންސްލައިން މައްސަލަތަކެއް އުޅުނު ކަމުގައިވިޔަސް ޖެނުއަރީ ޓްރާންސްފައިގަ އިތުރު ޑިފެންޑަރަކު ނުގެނެވޭނެ ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ކްލޮޕް ބުނީ ބައެއް ޓީމުތަކަށް މާލީ ނުތަނަވަސްކަމެއްނެތް ކަމަށާއި ނަމަވެސް ކޯވިޑް19ގެ ސަބަބުން ދިމާވެފައިވާ މާލީ އަޑިގަނޑުގެ ސަބަބުން ލިވަޕޫލްގައި މިހާރު ތަނަވަސްކަމެއްނެތް ކަމެއް ނެތް ކަމަށެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން އެންމެ ދެ ޕޮއިންޓް ލިބުނު އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު މިހެން ބުނީ އޭނާގެ މުހިންމު ހުރިހާ ޑިފެންޑަރުންނަށް އިންޖަރީވެ މިޑްފީލްޑަރުން ލައްވައި ފަހަތަށް ކުޅުވަން ޖެހިފައިވަނިކޮށެވެ.

ކުލޮޕް ބުނީ ވާދަވެރި އެހެން ޓީމުތަކުން މިވަގުތުގައި ފަސްޖެހުމެއް ނެތި ހަރަދު ކުރަމުންދިޔަ ނަމަވެސް ލިވަޕޫލްއަށް އެގޮތައް މަސައްކަތް ކުރެވެން ނެތްކަމަށެވެ. އޭނާ ބުނީ ލިވަޕޫލްއަކީ އަބަދުވެސް ހަރުދަނާކޮށް ދުރުވިސްނުމުގައި ކަންތައްތައް ކުރާ ކުލަބެއް ކަމަށާއި ލިވަޕޫލްގެ ވެރިންނަކީ ޒިންމާދާރުކަމާ ވިސްނުންތެރިކަމާއެކު ގޮތްނިންމާ ބަޔެއްކަމަށެވެ.

ލިވަޕޫލްއިން މިމަހު 17 ވަނަ ދުވަހު ލީގުގައި ނުކުންނާނީ ދެވަނައިގަ އޮތް މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. ދެޓީމަށް ވެސް 33 ޕޮއިންޓް ލިބިފަވާއިރު ޔުނައިޓް ދެވަނައިގަ އޮތީ ލިވަޕޫލްއަށް ވުރެ އެއްމެޗު މަދުން ކުޅެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.