ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ދެވަނަ ބުރުގެ މެޗުތައް ރޭވަނީ ފަށާފައެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ފުރަތަމަ ލެގުގައި ލީގުގެ ދެވަނައިގައި އޮތް ވޭލިއަންޓާއި، ޓޭބަލްގެ ފުލުގައި އޮތް ރިވެލި ރިޓްރީޓް އެވެ. މިމެޗު ފަސޭހަ ކަމާއިއެކު 9 ލަޑު 0 ލަޑުން ކާމިޔާބު ކުރީ ވޭލިއަންޓެވެ. މިމެޗުގައި ވޭލިއަންޓުގެ މިދުހަތާއި، އަލްސަން ވަނީ ހެޓްރިކް ހަދާފައެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ވޭލިއަންޓުގެ ނިޔާޒު އާއި، އާސިމް، އަދި ވިޝާހު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ އެއް ގޯލު ކާމިޔާބު ކޮށްދީފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކީ މެޗުގައި މޮޅު ކުޅުމެއް ދައްކައި، ވޭލިއަންޓަށް ތިން ގޯލު ކާމިޔާބުކުރި މިދުހަތު އަބްދުއްލަތީފެވެ.
މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.
މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ.
ކޮމެންޓު ފޮނުވާ