ނަޝީދަށް މަރުގެ އިންޒާރު ދިން ޔާފިސް 10 އަހަރަށް ޖަލަށް

ނަޝީދަށް މަރުގެ އިންޒާރު ދިން ޔާފިސް 10 އަހަރަށް ޖަލަށް

Author
އަހުމަދު
28 ނޮވެމްބަރ 2025 09:01
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސް 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމް ކޮށްފި އެވެ.

ޕީޖީ އޮފީހުން ބުނީ ޔާފިސްގެ މައްޗަށް ތިން ދައުވާއެއް ސާބިތުވީ ކަމަށެވެ. އެއީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމާއި، ޓެރަރިޒަމަށް ހިތްވަރު ދިނުމެވެ. މި ކުށްތަކުގެ އަސްލު އަދަބަކީ 26 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް، ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އެ އަދަބު 10 އަހަރަށް ލުއިކުރި އެވެ.

އޮގަސްޓް 2021 ގައި ރ. މީދޫގައި ހުއްޓާ ޔާފިސް ހައްޔަރުކުރީ ފޭސްބުކްގައި ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "އަބޫޖަހުލަށް ހެދިގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރު ދިނުމުންނެވެ. އެ ދުވަސްވަރު ނަޝީދު ހުންނެވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ޖަރުމަނުގައި ފަރުވާ ހޯއްދަވާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.