ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އެމަނިކުފާނުގެ އޮފީސް ހިންގުމުގެ ހަރަދަށް ލިބެން ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ދެއްވުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ޔާމީން މި މަހުގެ 10 ވަނަ ދުވަހު ސިޓީއެއް ފޮނުއްވާފައިވާކަން ހާމަވެއްޖެއެވެ.
ކުރީގެ ރައީސުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން އޮފީސް ހިންގުމުގެ ހަރަދަށް މަހަކު 175،000 ރުފިޔާ ދައުލަތުން ދޭން ޖެހެއެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމުގެ ގިނަ އަހަރުތަކުގައި ޔާމީން ހުންނެވީ ޖަލުގައި ކަމަށް ވާތީ، މި ފައިސާ އެމަނިކުފާނަށް ހައްގު ނޫން ކަމަށް ދެކޭ ފަރާތްތައް އެބަތިއްބެވެ.
މި ސިޓީ ފޮނުއްވި ނަމަވެސް، ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އޮފީސް ހިންގުމާއި ބޭސްފަރުވާއަށް ދައުލަތުން އެއްވެސް ފައިސާއެއް ނަންގަވާފައި ނުވާނެ ކަމަށެވެ. އެ ޖަލްސާގައި ސިޓީގެ ވާހަކަ އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ