ބޯހިޔާވަހިކަމުގެ ސިޔާސަތުން ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތައް ނިމުމެއް ގެނެވޭ: މުއްތަލިބް

ބޯހިޔާވަހިކަމުގެ ސިޔާސަތުން ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތައް ނިމުމެއް ގެނެވޭ: މުއްތަލިބް

Author
ޙަސަން މުޙައްމަދު
17 ނޮވެމްބަރ 2025 11:07
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރޭ އިއުލާންކުރި ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތައް ނިމުމަށް ގެނެވޭ ވަރުގަދަ ސިޔާސަތެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެކި ފެންވަރުގެ އާއިލާތަކަށް ގެދޮރުވެރިކަން ހޯދައިދިނުމަށް ދެ މޮޑެލްގެ ދަށުން މަސައްކަތްކުރާނެ ކަމަށެވެ. ބޭންކު ފައިނޭންސް ހޯދޭނެ މެދުފަންތީގެ އާއިލާތަކަށް އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން ޕްރޮޖެކްޓުތައް ކުރިއަށްގެންދާއިރު، ބޭންކް ފައިނޭންސް ހޯދޭނެ ފަދަ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ރެންޓު-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދައިދެވޭނެކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

ރަސްމިއްޔާތުގައި 7،500 ހައުސިން ޔުނިޓް ރެންޓު-ޓު-އޯން މޮޑެލްގެ ދަށުން ދޫކުރާނެކަން އިއުލާންކުރައްވަމުން މުއްތަލިބް ވިދާޅުވީ، މިއީ އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ އާއިލާތަކަށް އިސްކަންދީ ހިންގާ މަޝްރޫއެއް ކަމަށެވެ. ފޯރުންތެރިކަން ހުރި މީހުންނަށް ރިއަލް އެސްޓޭޓު މާކެޓުން ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ފަހިކޮށްދެއްވާއިރު، މި ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ކޮންމެ އާއިލާއަކަށްވެސް އަބުރުވެރި ދިރިއުޅުމަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.