ހުޅުމާލޭގައި ކުނިތަކެއްގައި ރޯވި އަލިފާން ފަޔަރުން ނިއްވާލައިފި

ހުޅުމާލޭގައި ކުނިތަކެއްގައި ރޯވި އަލިފާން ފަޔަރުން ނިއްވާލައިފި

Author
ހުސައިން
08 ނޮވެމްބަރ 2025 02:07
0

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ދެ އިމާރާތު ދެމެދު ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރު އެންޑް ރެސްކިއު ސާވިސް އިން އަވަހަށް ފިޔަވަޅު އަޅައި އަލިފާންގަނޑު ނިއްވާލައިފިއެވެ.

މީސްމީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ލޮޓް ނަންބަރު 1016 ފުރަގަހުގައި ހުރި އިމާރާތްތަކުގެ ދޭތެރޭގައި އަލިފާން އަނދަމުން ދިޔަ މަންޒަރު ފެނިފައިވެއެވެ. އެ މައުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަރުން ވަނީ އަވަހަށް އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލާފައެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަލިފާން ރޯވީ ދެ އިމާރާތު ދެމެދު ޖަމާކުރެވިފައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.