ޑެލީ އަލީ ޓީމު ދޫކޮށްލަން، ބޭނުން ނުވާކަމަށް ޓޮޓެންހަމް އިން ބުނެފި

ޑެލީ އަލީ ޓީމު ދޫކޮށްލަން، ބޭނުން ނުވާކަމަށް ޓޮޓެންހަމް އިން ބުނެފި

Author
އިބްރާހީމް ސާޢިދު
08 ޖެނުއަރީ 2021 10:02
0

ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑާ، ޑެލީ އަލީ ޓީމު ދޫކޮށްލަން، ބޭނުން ނުވާކަން އެ ކުލަބުން ހާމަ ކޮށްފި އެވެ.

މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން އަލީއަށް، ޓީމުން އެކަށީގެންވާ ފުރުސަތު ނުލިބޭތީ އޭނާ ޓީމު ދޫކޮށްލާ ވާހަކަ ވަނީ ގަދަ ވެފަ އެވެ. ހާއްސަ ކޮށް ޓޮޓެންހަމްގައި ކުރިން އަލީ އަށް ކޯޗް ކޮށްދިން މައުރީޝިއޯ ޕޮޗެޓީނޯ، ޕީއެސްޖީގެ ކޯޗް ކަމާ ހަވާލުވި ފަހުން، މިހާރު ފަށާފައިވާ ޓްރާންސްފާ ޕީރިއަޑްގައި އަލީ ޕީއެސްޖީއަށް ބަދަލު ވާން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ.

މޮރީނިއޯ ވަނީ ލީގް ކަޕްގެ ކުއާޓާ ފައިނަލުގައި މިދިޔަ މަހު ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ފުރަތަމަ 11 އިން އަލީއަށް ފުރުސަތު ދީފައެވެ. މިދިޔަ ބުދަ ދުވަހު ފުލަމް އާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ފުރަތަމަ 11 އިން ވެސް އަލީ އަށް ފުރުސަތު ދޭ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް މެޗު ފަށަން ތިން ގަޑިއރަށް ވެފައި ވަނިކޮށް މެޗު ކެންސަލް ކުރަން ޕްރިމިއާ ލީގުން ނިންމީ ފުލަމްގެ ޓިމަށް ކޯވިޑްގެ އަސަރު ކުރުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.