ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގެ 40 ކޯވިޑް ޓެސްޓެއް ޕޮޒިޓިވް ވެއްޖެއެވެ.
ޕްރިމިއާ ލީގުގައި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮންމެ ހަފުތާއަކު ޓެސްޓު ކުރާ އިރު، މި ހަފުތާވެސް ވަނީ 2،295 މީހެއްގެ ޓެސްޓު ހަދައިފައެވެ. މިދިޔަ މަހު 28 އިން 31 އާ ދޭތެރޭ ކުރި ޓެސްޓުތަކުގެ 28 ނަތީޖާއެއް ޕޮޒިޓިވް ވެފައިވާ އިރު، މިދިޔަ ދެ ދުވަހުގެ ތެރޭގައި އިތުރު 12 ނަތީޖާއެއް ވަނީ ޕޮޒިޓިވް ވެފައެވެ.
ޕްރިމިއާ ލީގުގައި ކޯވިޑް 19ގެ ނުރައްކާ ބޮޑުވެފައިވާ އިރު، މިދިޔަ ދެ ހަފުތާގައި ހެދި ޓެސްޓުތަކުން ގިނަ ނަތީޖާތަކެއް ވަނީ ޕޮޒިޓިވް ވެފައެވެ. މިދިޔަ ހަފުތާގެ ގިނަ މެޗުތަކެއްވެސް ފަސްކުރަން މަޖުބޫރުވެފައިވާ އިރު، މި ހަފުތާގައި މިދިޔަ ހަފުތާއާ އަޅާ ބަލާއިރު، ޕޮޒިޓިވް ނަތީޖާތައް ވަނީ ދެގުނައަށް އިތުރު ވެފައެވެ.
މީގެ ކުރިން އެއް ހަފުތާ ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ވެފައިވަނީ 18 ނަތީޖާއެކެވެ.
ކޮމެންޓު ފޮނުވާ