މާލޭގެ ބިން ދޫކުރުން އެންމެ ރަނގަޅު ގޮތަކީ "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މާލޭގެ ރަށްވެހިންނަށް ބިން ދޫކުރުމާއި ގުޅޭގޮތުން އަނެއްކާވެސް ފެށުނު ބަހުސްތަކާ ގުޅިގެން ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދިފާއުގައި އެމްޑީޕީން ބޭއްވި އެއްވުމަކަށް މަދު އަދަދެއްގެ މީހުން ނުކުތުމުން އެ ޕާޓީއަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެންނެވެ.
މާލޭގެ ރަށްވެހިންނަށް ހާއްސަކޮށް ގޯތި ދޫކުރުމާ ބައެއް މީހުން ދެކޮޅު ހަދާއިރު، ރައީސް ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫންކަމަށެވެ. އަދި އެކަން އެމަނިކުފާނު ލިޔުއްވި "ކިއްލާ މާލެ" ފޮތުގައި ވެސް ލިޔެފައިވާނެކަމަށް ވިދާޅުވިއެވެ. 1750 ވަނަ އަހަރުގެ މާލޭގެ ބޯހިމެނުން ބަލާއިރު، މާލޭގައި ގިނައިން ދިރިއުޅުނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި ރާއްޖޭގެ އެކި ރަށްތަކުގެ މީހުންކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މިސާލު ދައްކަވައި އެމަނިކުފާނު ވިދާޅުވީ މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރިއާ ހަމައަށް އެހީ ޖެލާ އެދުރު ކަލޭފާނު ގޯތިކަމަށާއި، އައްޑޫ ސިއްކަގެއަކީ މިހާރުގެ ސިއްކަގެއިން ފެށިގެން މާލެ އުތުރު އަތިރިއަށް ފެތުރިފައިވާ ސަރަހައްދުކަމަށެވެ.
ކޮމެންޓު ފޮނުވާ