ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ދެވަނަ ބުރު މާދަމާރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.
މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިންމައި ދެވަނަ ބުރުގެ ކުޅުން މާދަމާރޭ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މާދަމާރޭ މުބާރާތުގެ ދެވަނަ ބުރު ފަށާއިރު، މާދަމާރޭ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ފުރަތަމަ ލެގުގައި ލީގުގެ ދެވަނައިގައި އޮތް ވޭލިއަންޓާއި، ޓޭބަލްގެ ފުލުގައި އޮތް ރިވެލި ރިޓްރީޓް އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރަނީ ފުރަތަމަ ބުރުގެ އެއްވަނާގައި އޮތް ވެލި ބީޗް އިން އާއި ޓެބަލްގެ ތިންވަނާގައި އޮތް ސެކަންޑް ހޯމް ރެސްޓޯރެންޓެވެ.

ދެވަނަ ލެގުގެ މެޗުތައް މާދަމާރޭ ފަށާއިރު ޓީމުތައް އިތުރަށް ވަރުގަދަ ކުރުމަށް ވަނީ ޓްރާސްފާތަކެއް ހަދާފައެވެ. މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ފުރަތަމަ ބުރުގެ މެޗުތަކަށްވުރެ ފޯރި ގަދަވާނެކަމަށް މުބާރާތް އިންތިޒާމު ކުރާ ފާރާތުން ވަނީ ބުނެފައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.

މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ. މަތިވެރިއަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގައި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ބާއްވަމުންދާ ރަށެވެ.
ކޮމެންޓު ފޮނުވާ