75 ޕޮއިންޓް ލިބި 3 ކޮޓަރި ނުލިބޭ ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ލިބޭ ގޮތް ހަދަނީ

75 ޕޮއިންޓް ލިބި 3 ކޮޓަރި ނުލިބޭ ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ލިބޭ ގޮތް ހަދަނީ

Author
ހުސައިން
12 އޮކްޓޯބަރ 2025 07:48
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 75 ޕޮއިންޓް ހޯދި ނަމަވެސް 3 ކޮޓަރީގެ ފްލެޓް ނުލިބޭ ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓެއް ލިބޭނެ ގޮތް ހައުސިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ހާމަކުރެއްވި ގޮތުގައި، 76 ޕޮއިންޓާއި އެއަށްވުރެ މަތީގައި ލިބުނު ފަރާތްތަކަށް ފްލެޓް ދިނުމަށްފަހު، 75 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި ބާކީ ހުރި 3 ކޮޓަރީގެ ފްލެޓްތަކަށް ގުރުއަތު ނަގާނެއެވެ. މި ގުރުއަތުން ފްލެޓް ނުލިބޭ ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ހުށަހަޅާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ފުރުސަތު ހުޅުވިގެންދިޔައީ 2 ކޮޓަރީގެ ފްލެޓްތަކުގެ ލިސްޓުން ބައެއް ފަރާތްތައް ވަކިވެ، ފްލެޓްތައް ބާކީވުމުންނެވެ. އެގޮތުން އަސާސީ ޝަރުތު ހަމަނުވާ ފަރާތްތަކާއި، ދެމަފިރިންނަށް ވަކިވަކިން ފްލެޓް ލިބުމުން އޭގެ ތެރެއިން އެއް ފަރާތެއްގެ ފްލެޓް ކެންސަލްވުމުގެ ސަބަބުން ފްލެޓްތައް ބާކީވެފައިވެއެވެ. މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން 75 ޕޮއިންޓް ލިބުނު ފަރާތްތަކަށް ދޫކުރި ފްލެޓް ނަންބަރުތައް ކެންސަލްކޮށް އަލުން ގުރުއަތު ނަގަން ނިންމީ އިންސާފުވެރި ގޮތެއްގައި ހުރިހާ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.