ކޮސްޓާ ހޯދުމުގެ ރޭހަށް ވުލްވޯސް

ކޮސްޓާ ހޯދުމުގެ ރޭހަށް ވުލްވޯސް

Author
އިބްރާހީމް ސާޢިދު
07 ޖެނުއަރީ 2021 02:04
0

އެތުލެޓިކޯ މެޑްރިޑާ އެކު ހަދާފައިވާ އެއްބަސްވުން އުވާލި ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާގެ ސޮއި ހޯދުމުގެ ރޭހުގައި އުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވޯސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކޮސްޓާ ގެންދާނެ ކަމަށް މިހާރު އެންމެ ބޮޑަށް ބެލެވެނީ ވުލްވްސް އެވެ. ވުލްވްސްގެ އެއް ވަނަ ފޯވާޑް ރައުލް ހިމެނޭޒްގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ސީދާ ނޭނގޭއިރު ވުލްވްސް އިން ފޯވާޑެއް ގެންނަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަނީ ބުނެފަ އެވެ.

ކޮސްޓާ ވެސް ވަނީ އަލުން ޕްރިމިއާ ލީގުގައި ކުޅެލުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ވުލްވްސް އިން އޮތީ ކުރު ކޮންޓްރެކްޓެއްގައި ބޮޑު މުސާރަ ދޭ ގޮތަށް ވެސް ކޮސްޓާ ގެންނަން ތައްޔާރަށެވެ. ކޮސްޓާ ހޯދަން އިޓަލީ އާއި އިންގްލެންޑްގެ ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު، އޭނާގެ ބޮޑު ޝައުގުވެރިކަމެއް ހުރީ އަލުން ޕްރިމިއާ ލީގުގެ ކްލަބަކާ ކުޅޭށެވެ.

ކޮސްޓާއާ އެތުލެޓިކޯގެ ކޯޗިން ސްޓާފަކާ މައްސަލަޖެހި އޭނާ އެ ޓީމު ދޫކޮށްލަން ނިންމީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތް ހަ މަސް ދުވަހަށް އެއްވެސް ބަަދަލެއް ހޯދުމެއް ނެތި އެވެ. ކޮސްޓާ އެންމެ ފުރަތަމަ އެތުލެޓިކޯއާ ގުޅުނީ އުމުރުން 17 އަހަރުގައި 2006 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.