ގައުމީ އެތުލީޓުންނާ އެކު ވަޒީރު އެކުވެނި ސިންތެޓިކް ޓްރެކުގައި

ގައުމީ އެތުލީޓުންނާ އެކު ވަޒީރު އެކުވެނި ސިންތެޓިކް ޓްރެކުގައި

Author
އިބްރާހީމް ސާޢިދު
07 ޖެނުއަރީ 2021 01:59
0

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމަށްފަހު ބުދަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއެކު ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިން އެ ޓްރެކުގައި ފަރިތަކޮށްފިއެވެ.

އެކުވެނި ސިންތެޓިކް ޓްރެކުގައި ވަޒީރާއެކު އެތުލެޓިކްސް ޓީމުގެ ދުވުންތެރިން ފަރިތަކުރިއިރު، މި ޖެނުއަރީ މަހުގެ ތެރޭގައި މި ޓްރެކް އާންމުންނަށް ރަސްމީކޮށް ހުޅުވާލާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ބުދަ ދުވަހުގެ ހެނދުނު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިންނާއެކު އެ ޓްރެކުގައި ފަރިތަކޮށްފައެވެ. މި ސެޝަންގައި ގައުމީ އެތުލެޓިކްސް ޓީމުގެ ޖޫނިއާ ދުވުންތެރިންނާއި ސީނިއާ ދުވުންތެރިން ބައިވެރިވިއިރު، ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވެސް ވަނީ މި ސެޝަންގައި ބައިވެރިވެފައެވެ.

24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެތުލެޓިކްސް މުބާރާތްތައް ބޭއްވުމަށާއި، ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިން ތަމްރީނުކުރުމަށް ބޭނުންކުރަމުން އަންނަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.