އިޓާލިއަން ސެރީއާގައި ސެމްޕްޑޯރިއާ އާއި އިންޓަރ މިލާން ބައްދަލުކުރިމެޗް ސެމްޑޯރިއާ ކާމިޔާބުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެންޓޯނިއޯ ކަންޑްރޭވާއެވެ. މިމެޗްގައި ސަމްޕްޑޯރިއާގެ ދެވަނަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ ކެއިޓާ ބާލްޑަރއެވެ. މިމެޗްގައި އިންޓަރއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދިނީ ސްޓެފަން ޑި ވްރެއިއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިންޓަރއަށް ޕެނަލްޓީ އެލްކްސިސް ސަންޗޭޒް އަށް ވަނީ ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މިނަތީޖާ އެކު ތާވަލްގެ އެއްވަނައަށް އެރުމަށް އިންޓަރ ލިބުނު ފުރުސަތު މިހަފްތާގައި މިވަނީ ބޭކާރުވެފައެވެ. އިންޓަރ މިހާރު އޮތީ ކުޅުނު 16 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މި މޮޅާއެކު ސެމްޕްޑޯރިއާ އޮތީ 16 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ