ފ.ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ފ.ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

Author
ޙަސަން މުޙައްމަދު
21 ސެޕްޓެމްބަރ 2025 02:57
0

ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ރަސްމިއްޔާތުގައި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މި އިމާރާތުގެ މަސައްކަތް ނިމުމުން ދަރަނބޫދޫގެ ރައްޔިތުންނަށް މާލީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ލުއިފަސޭހަތައް ލިބިގެންދާނެއެވެ. އެގޮތުން މާލެއަށް ބޭސްފަރުވާއަށް ދިއުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެގެންދާނެއެވެ.

ރައީސް މުޢިއްޒު މިހާރު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގިނަ މަޝްރޫއުތަކެއް ވަނީ އިފުތިތާހުކޮށްދެއްވައިފައެވެ. އޭގެތެރޭގައި ހޮސްޕިޓަލާއި، ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.