ފައިނަލުން ޖާގަހޯދުމަކީ އެންމެ ބޮޑު އަމާޒު: ޖޯ ރޫޓް

ފައިނަލުން ޖާގަހޯދުމަކީ އެންމެ ބޮޑު އަމާޒު: ޖޯ ރޫޓް

Author
އިބްރާހީމް ސާޢިދު
07 ޖެނުއަރީ 2021 11:45
0

ވޯރލްޑް ޓެސްޓް ކްރިކެޓް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަހޯދުމަކީ އިންގްލަންޑް ކްރިކެޓް ޓީމުން މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައިވާ ކަންތައްކަމަށް އިންގްލަންޑް ކްރިކެޓް ޓީމްގެ ކެޕްޓަން ޖޯ ރޫޓް ބުނެފިއެވެ.

ނަމަވެސް މިކަން ހާސިލް ކުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި ޖޯ ރޫޓް ވަނީ ބުނެފައެވެ. މިއަހަރުގެ ޖެނުއަރީ އާއި މާރޗްމަހާއި ދޭތެރޭ ސްރީލަންކާ އާއި އެކު ޓެސްޓް ދެ މެޗް އަދި އިންޑިޔާއާއެކު ޓެސްޓް ހަތަރު މެޗް  އިންގްލަންޑުން ކުޅޭގޮތަށް ހަމަޖެހިފައިވެއެވެ. އަދި މިމެޗްތަކުން މޮޅުވެއްޖެނަމަ ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އިންގް ލަންޑަށް ލިބިގެންދާނެއެވެ.

ޖޯ ރޫޓް މިކަން ހާމަކޮށްފައިވަނީ ސްރީލަންކާ އާއި އެކު މިމަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓެސްޓް މެޗްގެ ކުރިން ވާހަކަދައްކަމުންނެވެ. އިންގްލަންޑް މިވަގުތު އޮތީ 9 ޤައުމެއް ހިމެނޭ ކްރިކެޓް ޓެސްޓް ޗެމްޕިއަންޝިޕްގެ 4 ވަނައިގައެވެ. އިންގްލަންޑްވަނީ އެންމެފަހުން އެޓީމް ދެކުނު އެފްރިކާ، ވެސްޓް އިންޑީޒް އަދި ޕާކިސްތާނާއި ދެކޮޅަށް ކުޅުނު ޓެސްޓް މެޗްތަށް ކާމިޔާބުކޮށްފައެވެ.

ކްރިކެޓް ޓެސްޓް ޗެމްޕިއަންޝިޕްގެ އެއްވަނައިގާ މިވަގުތު އޮތީ އޮސްޓްރޭލިއާއެވެ. އަދި ދެވަނައިގާ އިންޑިއާ އޮތް އިރު ތިންވަނައިގާ އޮތީ ނިއުޒީލަންޑެވެ. ކްރިކެޓް ޓެސްޓް މެޗްތަށް މުބާރާތެއްގެ އުސޫލަށް ބަދަލުކޮށް ކޮންމެ މެޗަކުން ޕޮއިންޓް ލިބޭ އުސޫލް ތައާރަފްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މިގޮތުން އެންމެ ގިނަ ޕޮއިންޓް ސީރީޒް ނިމޭއިރު ހޯދާ ދެޓީމްގެ މެދުގައި ފައިނަލް ކުޅޭގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.