ވީއައިއޭގެ އާ ޓާމިނަލްގެ އެއަރޯބްރިޖް އޮޕަރޭޓް ކުރަން 46 މުވައްޒަފުން ތަމްރީން ކޮށްފި

ވީއައިއޭގެ އާ ޓާމިނަލްގެ އެއަރޯބްރިޖް އޮޕަރޭޓް ކުރަން 46 މުވައްޒަފުން ތަމްރީން ކޮށްފި

ގުޅުންހުރި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޓާމިނަލްގައި ބޭނުންކުރާނެ ޕެސިންޖަރ ބޯޑިންގ ބްރިޖް ނުވަތަ އެއަރޯބްރިޖް އޮޕަރޭޓް ކުރުމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފި އެވެ.

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މި ޚާއްޞަ ތަމްރީނުގައި ޖުމްލަ 46 މުވައްޒަފުން ބައިވެރިވެފައިވެ އެވެ. މި ތަމްރީން ޕްރޮގްރާމްގެ ބައެއް ހިންގިފައިވަނީ ރާއްޖެއިން ބޭރުގައި ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.

އެއަރޯބްރިޖް ބޭނުންކުރަން ފެށުމުން ފަތުރުވެރިންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ ޓާމިނަލް އިމާރާތުން ސީދާ އެއަރކްރާފްޓަށް އެރެވޭނެ ގޮތް ހަމަޖެހުމެވެ. މިހާރު ޢަމަލުކުރަމުންދާ ނިޒާމްގެ ދަށުން ފަތުރުވެރިން ޓާމިނަލުން ނުކުމެފައި ބޭރުގެ މޫސުމާ ކުރިމަތިލައިގެން ކޮންމެވެސް ދުރައް ހިނގާފައި ދާން ޖެހެއެވެ. އަދި ޓާމިނަލުން ދުރުގައި ޕާކްކޮށްފައި ހުންނަ އެއަރކްރާފްޓްތަކަށް ދިއުމަށް ބަސް ބޭނުންކުރަން ޖެހޭ ހާލަތްތައް ވެސް މެދުވެރިވެ އެވެ.

މި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް މެދުވެރިކޮށް އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި އާ ޓާމިނަލާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ