އޫރީދޫގެ ސީއީއޯ އައު ކޮމިޝަނަރ އޮފް ޕޮލިސް އާއި ބައްދަލު ކުރައްވައިފި

އޫރީދޫގެ ސީއީއޯ އައު ކޮމިޝަނަރ އޮފް ޕޮލިސް އާއި ބައްދަލު ކުރައްވައިފި

Author
ހުސައިން
18 ޖޫން 2025 11:24
0

އޫރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް-ޙަމާދީ އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާ ބައްދަލުކުރައްވައި، ދެ މުއައްސަސާ ގުޅިގެން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަދެކެވިފައިވަނީ، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޫރީދޫއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނެވެ. މި ދެ މުއައްސަސާގެ ޕާޓްނަރޝިޕް ބަދަހިކުރުމަށް ކުރެވިދާނެ އިތުރު މަސައްކަތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގެ ތެރޭގައި، އައްޑޫ ސިޓީގައި އޫރީދޫއިން ބާއްވަން ހަމަޖެހިފައިވާ 'އޫރީދޫ ފަން ރަން' އިވެންޓުގައި ބައިވެރިވުމަށް ސީއީއޯ ޚާލިދު އަލް-ޙަމާދީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއަށް ދައުވަތު ދެއްވިއެވެ. މި އިވެންޓަކީ އޫރީދޫއިން މުޖުތަމަޢަށް ހިދުމަތްކުރުމުގެ ގޮތުން ރާވާފައިވާ މުހިންމު ހަރަކާތެކެވެ.

އޫރީދޫ މޯލްޑިވްސްއިން ދަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، މުޖުތަމަޢުގެ ތަރައްޤީއަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ އެކި މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ. މި ގޮތުން ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރެވޭ މަސައްކަތްތަކަކީ، އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.