ހިނގާފައި ވެލާނާ އެއާޕޯޓަށް ވަންނަން އުޅުނު އިންޑިއާގެ ރޯހިތު ކުމާރު ހައްޔަރުކޮށްފި

ހިނގާފައި ވެލާނާ އެއާޕޯޓަށް ވަންނަން އުޅުނު އިންޑިއާގެ ރޯހިތު ކުމާރު ހައްޔަރުކޮށްފި

Author
ހުސައިން
06 މެއި 2025 08:35
0

މިއަދު ހެނދުނު އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރޯހިތު ކުމާރު ހިނގާފައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަންނަން އުޅުމުން ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރޯހިތު ވީއައިއޭއަށް ވަންނަން އުޅުމުން ފުލުހުން އޭނާ ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، އަމުރަށް ނުކިޔަމަންތެރިވެ ފިލަން ދުވެފައިވެއެވެ. އެއަށްފަހު ފުލުހުން އޭނާގެ ފަހަތުން ގޮސް އަރާ ހަމަކޮށްފައިވަނީ ރުއްޖެހިމަގުންނެވެ.

އިތުރަށް ތަޙުޤީޤު ކުރެވުނު އިރު ރޯހިތުއަކީ ސްޕޮންސަރާ ގުޅިގެން ފިލައިގެން އުޅޭ ފަރާތެއްކަން ދެނެގަނެވިފައިވާކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.