އުރީދޫ ކަރާފެޅުން ޗެލެންޖުގެ ގްރޭންޑް ޕްރައިޒް މަރިޔަމް ޝާދިޔާއަށް

އުރީދޫ ކަރާފެޅުން ޗެލެންޖުގެ ގްރޭންޑް ޕްރައިޒް މަރިޔަމް ޝާދިޔާއަށް

ގުޅުންހުރި

ނިމިދިޔަ ރޯދަ މަހު އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ ކަރާފެޅުން ޗެލެންޖުގެ ގްރޭންޑް ޕްރައިޒް މަރިޔަމް ޝާދިޔާއަށް ލިބިއްޖެއެވެ. މި އިނާމު ހަވާލުކުރުމަށް އުރީދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޝާދިޔާގެ ބަދަލުގައި އިނާމާ ހަވާލުވީ އޭނާގެ ކޮއްކޮ އައިޝަތު ނުޒްލާ އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނުޒްލާ ފާހަގަކުރީ ޝާދިޔާއަށް މީގެ ކުރިން މިފަދަ ބޮޑު އިނާމެއް ލިބިފައިނުވާ ކަމަށާއި، ނަމަވެސް މި އިނާމު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ޝާދިޔާގެ ހިތުގައި އޮތްކަމަށެވެ. "ކޮއްކޮ ބުނެފައި އޮތީ ތިމަންނައަށް ޔަގީނޭ ލިބޭނެއޭ. ވަރަށް އަސްލު މަޖާ އެއްކޮށް ކަރާ ފަޅަން. ފްރީ ޓައިމެއް ލިބުނަސް ޓެޕްކޮށްލަނީ ހަމަ ވަދެލާފައި،" ނުޒްލާ ބުންޏެވެ.

ދުވާލެއްގެ މައްޗަށް 200 ޓެޕް ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މި މުބާރާތުގައި ޝާދިޔާ ބައިވެރިވެގެން ވަނީ އެންމެ މަތީ ޕޮއިންޓް ހޯދައި، ގްރޭންޑް ޕްރައިޒް ހޯދާފައެވެ. ނުޒްލާ ފާހަގަކުރި ގޮތުގައި، ޝާދިޔާ ލިބޭ ހުސްވަގުތުކޮޅުތަކުގައިވެސް އެޕްލިކޭޝަނަށް ވަދެ ޓެޕްކުރުމުގައި ޝައުޤުވެރިކަން ބަހައްޓައިގެން އުޅުނެވެ.

ގްރޭންޑް ޕްރައިޒްގެ ގޮތުގައި ޝާދިޔާއަށް ލިބުނީ އެޕަލްގެ ބްރޭންޑުގެ އަގުބޮޑު ގިނަ ޑިވައިސްތަކެކެވެ. މީގެ ތެރޭގައި އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް އަދި 65 އިންޗީގެ ޓީވީއެއް ހިމެނެއެވެ.

ނުޒްލާ އިތުރަށް ބުނީ ޝާދިޔާ ވަނީ މި އިނާމުގެ ގޮތުގައި ލިބުނު އެޕަލްގެ 10 އުފެއްދުން އާއިލާ މެންބަރުންގެ މެދުގައި ބަހާލުމަށް ނިންމާފައި ކަމަށެވެ.

އުރީދޫއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް ޝައުޤުވެރިވާނެ ޚާއްޞަ ޕްރޮމޯޝަންތައް ހިންގައި، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ހުޅުވާލައެވެ. މިފަހަރުގެ ކަރާފެޅުން ޗެލެންޖަކީވެސް އެފަދަ ކާމިޔާބު ޕްރޮމޯޝަނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ