ވިއްސާރައިގެ ސަބަބުން ރަށެއްގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް - ފައިލް ފޮޓޯ: އެމްއެންޑީއެފް

ވިއްސާރަވެ ގިނަ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

ވިއްސާރަވެ ގިނަ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

ގުޅުންހުރި

މިއަދު ހެނދުނު މޫސުން ގޯސްވުމާ ގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާއިން ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ. މި އެލާޓް ދެމިއޮންނާނީ މިއަދު ހެނދުނު 10:45 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގުގުރާނެކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ.

މެޓް އޮފީހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ދުވަސްވަރު ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެއެވެ. އަދި މި ވަގުތު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަންވެސް މެޓް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މޫސުން ގޯސްވެފައިވާ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރާ ފަރާތްތަކަށް ސަމާލުވުމަށް އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ