އައްޑޫ އަދި ފުވައްމުލަކަށް ވައިޓް އެލާޓް: ވައިގަދަވުމާއެކު ބޯވާރޭވެހޭނެ

އައްޑޫ އަދި ފުވައްމުލަކަށް ވައިޓް އެލާޓް: ވައިގަދަވުމާއެކު ބޯވާރޭވެހޭނެ

ގުޅުންހުރި

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ވައިޓް އެލާޓެއް ނެރެފިއެވެ. މިއެލާޓްގައި ބަޔާންކޮށްފައިވަނީ ހެނދުނު 10:30 އާ ހަމައަށް މި ސަރަހައްދުތަކުގައި މޫސުން ގޯސްވުމުގެ ފުރުސަތު އޮތްކަމަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގައި ދެ ސިޓީގައިވެސް ބޯކޮށް ވާރޭވެހި، ގުގުރާ އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އިތުރުވުމުގެ ފުރުސަތު އޮތްކަމަށެވެ.

ފާއިތުވި ދުވަސްތަކަކީ ރާއްޖޭގެ ދެކުނު ސަރަހައްދަށް މޫސުން ތަފާތުވެ ގޯސްވަމުން އައި ދުވަސްތަކެކެވެ. އިއްޔެ ވެސް ބޯކޮށް ވާރޭވެހުމާ ގުޅިގެން ދެކުނުގެ އެކި ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ރިޕޯޓުކުރެވިފައިވެއެވެ.

ވިއްސާރަ މޫސުމުގައި އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކޮންމެހެން ނޫން ބޭނުންތަކުގައި ކަނޑަށް ނުފޭބުމަށް އިދާރާތަކުން އިލްތިމާސް ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ