ސަމާލު: އަންނަ 3 ދުވަހު މޫސުން ގޯސްވާނެ!

ސަމާލު: އަންނަ 3 ދުވަހު މޫސުން ގޯސްވާނެ!

ގުޅުންހުރި

މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުމީ އިންޒާރު ނެރެފިއެވެ. އެގޮތުން މިއަދުގެ ހެނދުނު 8:45 އިން މެންދުރު 14:00 އާ ހަމައަށް މެދުރާއްޖެތެރޭގެ ކ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް ހުދު ސަމާލު އިޢުލާނުކޮށްފައިވެއެވެ.

އެއިދާރާއިން މަޢުލޫމާތު ދީފައިވަނީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 އާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެފަރާތުން ވިދާޅުވެއެވެ.

ކަނޑުތައް އާދައިގެ މިންވަރަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ކޮޅިގަނޑުގައި ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ 2 އިން 4 ފޫޓާ ދެމެދުގައިކަމަށްވެސް ލަފާ ކޮށްފައި ވެއެވެ

މި ވިއްސާރައަކީ ރާއްޖޭގެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައި ވެއެވެ. އަންނަ 11 ވަނަ ދުވަހު މޫސުން އަލިވާނެކަމަށް ލަފާކުރެވެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމާބެހޭ ޤައުމީ އިދާރާއިން އެންމެހައި ރައްޔިތުންނަށް މޫސުމަށް ފުރިހަމަ ސަމާލުވުމަށް އިލްތިމާސްކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ