މިވަގުތު ރާއްޖެއަށް ރަނގަޅުގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު

މިވަގުތު ރާއްޖެއަށް ރަނގަޅުގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު

Author
ހުސައިން
05 އޭޕްރިލް 2025 04:34
0

މި ވަގުތު ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައެވެ

"އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސްއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން" ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ އިސް ބައެއް ފަރާތްތަކުން ދާދިފަހުން ވަނީ އެޕާޓީ ދޫކޮށް އެމްޑީޕީއަށް ސޮއި ކޮށްފައެވެ. އަދި ޑިމޮކްރެޓްސް އުފެއްދިފަހުންވެސް އޮވެފައިވަނީ ކުޑަ ޕާޓީއެއްގެ ގޮތުގައެވެ.

ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅުން އެއީ އެންމެ ރަގަޅުގޮތްކަމަށް ނަޝީދު ވިދާޅުވިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރިކަމަށް ސިޔާސީ އިސް ބައެއް ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ފަރާތްތައް ހިމެނެއެވެ.

ތަފްސީލް އަންނަނީ..

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.