ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ތިލަމާލެ ބްރިޖުގައި މިއަދު ބަހައްޓައިފި

ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ތިލަމާލެ ބްރިޖުގައި މިއަދު ބަހައްޓައިފި

ގުޅުންހުރި

ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް މިއަދު ބަހައްޓައިފިއެވެ. އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ މިއީ އިންޖިނިއަރިންގެ ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބެއް ކަމަށާއި، އަދި މިއީ ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ކަމަށެވެ. މި ޕްރީކާސްޓްގައި 8.2 މީޓަރުގެ އުސްމިން ހުންނައިރު، 25.3 މީޓަރުގެ ފުޅާމިން ހުންނަކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ތިލަމާލެ ބްރިޖުގެ ޕްރީކާސްޓް ސެގްމަންޓުތަކަކީ މިހާތަނަށް ދުނިޔޭގައި ހަދާފައިވާ އެންމެ ބޮޑެތި ޕްރީކާސްޓް ސެގްމަންޓުތަކެވެ. ޕްރީކާސްޓު ކުރުމަކީ ބްރިޖުގައި ހުންނަ ބައިތައް އެހެން ތަނެއްގައި ގާއިމްކޮށްގެން ބްރިޖުގައި ގުޅުވުމެވެ. ސިނަމާލެ ބްރިޖުގައި އެކަން ކޮށްފައިވަނީ ޗައިނާގައި ބްރިޖުގެ ބައިތައް ހަދައިގެންނެވެ. ނަމަވެސް ތިލަމާލެ ބްރިޖުގައި އެ މަސައްކަތް ކުރަނީ ގުޅީފަޅުގައި ގާއިމްކޮށްފައިވާ ބްރިޖު ސައިޓުގައެވެ.

6.47 ކިލޯމީޓަރު ދިގު މި ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާނެއެވެ. 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް ކަމަށް ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފައެވެ.

6.7 ކިލޯމީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެ އަދި ވިލިނގިއްޔާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ޖަރުކުރެވިފައި ހުންނާނެއެވެ. އަދި ގުޅީފަޅު އަދި ތިލަފުށީ ބްރިޖްގައި ހުންނާނީ ވައްބުރު ޖަންކްޝަނެކެވެ. ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަމަޖެހޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ