މާދަމާއާއި އަނެއް ދުވަހުވެސް ވީއައިއޭއަށް ބާރުބޮޑުވެދާނެކަމަށް ބަލާ، އިރުޝާދުތަކަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފި

މާދަމާއާއި އަނެއް ދުވަހުވެސް ވީއައިއޭއަށް ބާރުބޮޑުވެދާނެކަމަށް ބަލާ، އިރުޝާދުތަކަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފި

ގުޅުންހުރި

މާދަމާއާއި އަނެއް ދުވަހުވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ބާރުބޮޑުވެދާނެކަމަށް ބަލާ، ފުލުހުން ދޭ އިރުޝާދުތަކަށް އަމަލުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފިއެވެ. އުމްރާގެ އަޅުކަން އަދާކުރުމަށްފަހު ގިނަ ބަޔަކު މާދަމާއިން ފެށިގެން ރާއްޖެ އެނބުރި އަންނަން ފަށާނެކަމަށް ބެލެވެއެވެ.

ފުލުހުންގެ ފަރާތުން ހާމަކުރެއްވި ގޮތުގައި މާދަމާއާއި އަނެއް ދުވަހު ގިނަ އަދަދެއްގެ އުމްރާވެރިންނާއި، ފިތުރު އީދުގެ ޗުއްޓީއާ ގުޅިގެން ވެލާނާ އެއާޕޯޓަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެކަމަށް ލަފާކުރެވެއެވެ. މިކަމާ ގުޅިގެން، މި ދެ ދުވަހު ވެލާނާ އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ފުލުހުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ފުލުހުން އެދިފައިވެއެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުން ފުލުހުންނަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާކަމަށް ފުލުހުންގެ ޕޯސްޓްގައި ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވެސް މެންދުރުފަހު އުމްރާއިން އެނބުރި އަންނަ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން މަގުތަކާއި ޓާމިނަލް ބާރުބޮޑުވެދާނެކަމަށް ހާމަކޮށްފައިވެއެވެ. އެއާޕޯޓްގެ އޮޕަރޭޝަން ފަސޭހަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ފަސިންޖަރުން ވެސް އަވަހަށް އެއާޕޯޓަށް ވަޑައިގަތުމަށާއި، ޗެކްއިންއަށާއި ސެކިއުރިޓީއަށް އިތުރު ވަގުތު ދިނުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފައިވެއެވެ. އުމްރާވެރިން އައުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 އާއި 16:00 ގެ ދެމެދުގައެވެ.

އަދި މީގެއިތުރުން، ޓެކްސީ އޮޕަރޭޓަރުންނާއި ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުން ޓްރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށްވެސް އެމްއޭސީއެލްއިން އެދިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ