ދެބޭއިންގެ މެދުގައި ހިނގި ޒުވާބެއްގައި ކޮއްކޮ ބޭބެއަށް ވަޅިން ހަމަލާދީފި

ދެބޭއިންގެ މެދުގައި ހިނގި ޒުވާބެއްގައި ކޮއްކޮ ބޭބެއަށް ވަޅިން ހަމަލާދީފި

Author
ހުސައިން
01 އޭޕްރިލް 2025 08:36
0

ރ، މަޑުއްވަރީގައި އެއްބަނޑު އެއްބަފާ ދެބޭއިންގެ މެދުގައި ހިނގި ޒުވާބަކާ ގުޅިގެން ކޮއްކޮ ބޭބެއަށް ވަޅިން ހަމަލާދީފިއެވެ. މި ނުރައްކާތެރި ހާދިސާގައި ޒަޚަމްވެފައިވަނީ ރ. މަޑުއްވަރީ ބީޗްހައުސް މުހައްމަދު މުއީނެވެ.

އެރަށުން ވާހަކަދެއްކި ފަރާތަކުން މައުލޫމާތު ދިންގޮތުގައި، މުއީންގެ ބޮލަށް ލިބުނު ޒަޚަމްތަކަށް ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު ފަތިހުގެ ވަގުތެއްގައި އޭނާ އުނގޫފާރު ހޮސްޕިޓަލަށް ބަދަލުކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި މުއީނާއި އޭނާގެ ކޮއްކި އިސްމާއިލް އާސިފާ ދެމެދު މި ޒުވާބު ހިނގާފައިވަނީ 20 ރުފިޔާގެ މައްސަލައެއްގައެވެ. މުއީންއާ ހަވާލާދީ އެރަށުން ވާހަކަދެއްކި ފަރާތަކުން ބުނީ، ހަމަލާދީފައިވަނީ ކަތިވަޅިއަކުން ކަމަށާއި، އޭނާގެ ބޮލުގެ ދެތިން ތަނުން ޒަޚަމްތައް ފެންނަން ހުރިކަމަށެވެ.

ކޮއްކޮއަށް ވަޅިން ހަމަލާދިން 36 އަހަރުގެ އިސްމާއިލް އާސިފަކީ، މީގެކުރިން ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ދެބަސްވުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.