ކަސްޓަޑް ޕުޑިން އަކީ ވަރަށް މަޑުމަޑު އެހާމެ މީރު އެއްޗެކެވެ. މީ އާންމުކޮށް އަޅާއުޅޭ ކެރެމަލް ޕުޑިންގެ އާއިލާ ގެ އެއްޗެއް ކަމުން މި ދެ ވައްތަރުގެ ޕުޑިންގ ބަލާލުމަށް ވަރަށް އެއްގޮތްވާނެއެވެ. މީގެ ރަހަ ފާހަގަ ކުރެވޭނީ ހަމަ އެކަނި ރަހަ ބަލައިގެންނެވެ.
ބޭނުން ވާނެ ތަކެތި:
- 2 ބިސް
- 250 އެމްއެލް ފުލްކްރީމް މިލްކް
- 5 މޭޒުމަތީ ސަމުސާ ހަކުރު
ކެރަމަލް އަށް ބޭނުން ވާނީ:
- 3 މޭޒުމަތީ ސަމުސާ ހަކުރު
- ފެން ފޮދެއް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވާ އުދުން މައްޗަށް އުދާށޭވެ. އެއަށް ފަހު ކެރަމަލް ކޮޅު ތައްޔާރު ކުރުމަށް ހަކުރު ކޮޅަށް ދިޔާވާ ވަރަށް ފެންފޮދެއް ޖަހައިގެން ގޯލްޑެން ބްރައުން ކުލަ ނުވަތަ ކެރަމަލް އަށް ވަންދެން ކައްކާށެވެ. ރަނގަޅަށް ގޯލްޑެން ބްރައުން ކުލަ އެރުމުން ޓްރޭއަށް އަޅާއި ލުމަށްފަހު ސެޓް ކުރުމަށް ބައިންދާށެވެ.
ޕުޑީންގ އަށް އެންމެ ފުރަތަމަ ހަކުރު އަދި ބިސް ކޮޅު ރަނގަޅަށް މިކްސް ކޮށްލާށެވެ. ހަކުރު ކޮޅު ރަނގަޅަށް ވިރުމުން ކިރު ކޮޅު އަޅާ ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން ކެރެމަލް ހުރި ޓްރޭއަށް ލައި އަވަނުން ފިހެލާށެވެ. ފިހެވުމުން ފިނިކޮށްލާށެވެ.